ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ހަމައަށް ހުރި 3 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރީ ރައީސް ޔާމީންގެ ސަރުކާރުން: އަދުރޭ

ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ހަމައަށް ހުރި 3 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އޭނާ މ...

17 Nov 2020 | 15:12

ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ހަމައަށް ހުރި 3 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނެވެ.

އަދުރޭ ވިދާޅުވީ ޔާމީން ވެރިކަމާއި ހަވާލުވިއިރު ވެސް ރާއްޖެ އޮތީ ދަރަނިވެެރިވެފައި ކަމަށާއި އެގޮތުން ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ހަމައަށް އަދާނުކޮށް ހުރި ބިލުތަކުގެ ޖުމްލަ އަދަދު ތިން ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

" އެ ފައިސާ ދެއްކެވީ ޔާމީންގެ ސަރުކާރުން. އަދި ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ރިޒާވް 900 މިލިއަން ޑޮލަރަށް ހައްދަވައި، އުފެއްދުންތެރިކަން ބޮޑު ތަނުން މަތިކުރި. ނަޝީދު ދައްކަވާ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ." އަދުރޭ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދަށް ވާނުވާ ނޭނގުނަސް އަޅުގަނޑުމެންނަށް ވާނުވާ އެބަ އިނގޭ ކަމަށެވެ. އަދި އަރަންޏާއި ދަރަންޏާއި، ފައިދާ އާއި ގެއްލުމާ ރައީސް ޔާމީނަށް އިނގޭ ކަމަށެވެ.

މީގެ އިތުރުން އަދުރޭ ވަނީ "ހިސާބުން ކިޔަވަން އަޅުގަނޑުމެންގެ ގާތަށް އަންނަންވީ ނޫންތޯ؟ ވިދާޅުވެފަ އެވެ.

އަދުރޭ ވަނީ ރާއްޖެ އެއް ގައުމަކަށް ބަރޯސާކޮށް ދަރުވާލަނީ މި ސަރުކާރުން ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް