ޓްރަމްޕްގެ ސަބަބުން ކޮވިޑްގަ ގިނަ ބަޔަކު މަރުވެދާނެކަމަށް ބައިޑަން ވިދާޅުވެއްޖެ

ޓްރަމްޕްގެ ސަބަބުން ކޮވިޑްގަ ގިނަ ބަޔަކު މަރުވެދާނެކަމަށް ބައިޑަން ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން ވިދާޅުވީ ވެރިކަމުގެ ބާރުތައް އޮމާންކަމާއެކު ބަދަލު ކުރު...

17 Nov 2020 | 14:59

ޓްރަމްޕްގެ ސަބަބުން ކޮވިޑްގަ ގިނަ ބަޔަކު މަރުވެދާނެކަމަށް ބައިޑަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން ވިދާޅުވީ ވެރިކަމުގެ ބާރުތައް އޮމާންކަމާއެކު ބަދަލު ކުރުމަށް އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ހުރަސް އަޅަމުން ދާ ކަމަށެވެ. އަދި މިހެންވާނަމަ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި، އެމެރިކާއިން އަދިވެސް ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

ބައިޑަން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ދެ ސަރުކާރުގެ ގުޅުން ބޭނުން ވާ ކަމަށެވެ.

ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިޚާބީގައި ނާކާމިޔާބުވެއްޖެކަން ގަބޫލުފުޅުކުރެއްވުމަށް، ޓްރަމްޕް އިންކާރު ކުރައްވަމުން ގެންދަވާ ގެންދެވުމަކީ، ޒިންމާދާރުކަން ކުޑަ އަމަލުފުޅެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.

ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަން ހާމަވެ އެވެ.

އެގޮތުން ޕްރޮފެޝަނަލް ގޮތެއްގައި ބާރުތައް ހަވާލު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވުމުގެ ރޫހެއްގައި ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ރޮބާޓް އޯބްރާޔަން ވާހަކަދެއްކެވިނަމަވެސް ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ އެކަމަށް އިންކާރު ކުރައްވާފަ އެވެ.

މައިކް ޕޮމްޕެއޯ އަދިވެސް ވިދާޅުވަމުން ގެންދަނީ އެމެރިކާގެ ރައީސް ކަމުގައި ދެންވެސް ހުންނަވާނީ ޓްރަމްޕް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް