އެލްވައިޑީ (ލީޑް) 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު މުޅި ލ. އަތޮޅަށް ހުޅުވާލައިފި

ލ.ފޮނަދޫ ބަރާސިލް އަވަށަށް ނިސްބަތްވާ ޖަމްޢިއްޔާއެއް ކަމުގައިވާ ލާމު ޔޫތު ޑެވަލޮޕްމަންޓް (ލީޑް) އިން އިންތިޒާމު ކޮށްގެން ފޮނަދޫގައި ބާއްވާ 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސ...

17 Nov 2020 | 14:03

ލ.ފޮނަދޫ ބަރާސިލް އަވަށަށް ނިސްބަތްވާ ޖަމްޢިއްޔާއެއް ކަމުގައިވާ ލާމު ޔޫތު ޑެވަލޮޕްމަންޓް (ލީޑް) އިން އިންތިޒާމު ކޮށްގެން ފޮނަދޫގައި ބާއްވާ 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު މުޅި ލ. އަތޮޅަށް ހުޅުވާލައިފިއެވެ.

ލީޑް ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސތު ހުޅުވާލާފައިވަނީ ކްލަބު ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން އޮފީސްތަކަށާއި އެކަޑެމީތައް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

ލީޑް ޖަމްޢިއްޔާއިން ބޭއްވުމަށް ތައްޔާރުވާ މި މުބާރާތުގައި ބައިވެރިވުމަށް މުޅި ލ. އަތޮޅަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް އަތޮޅުން ބޭރުގެ ދެ ކުޅުންތެރިޔަކު ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ލީޑުން މައުލޫމާތުދެއެވެ.

ލީޑް ޖަމިއްޔާއިން މައުލޫމާތު ދޭގޮތުގައި ކޮންމެ އަހަރަކުވެސް ބޭއްވުމަށް ވިސްނާ މި މުބާރާތުގަގައި ކުރިއަށް އޮތް ތަނުގައި އަންހެން ކުދިންނަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ ޖަމްޢިއްޔާގެ އެންމެ ބޮޑު އަމާޒަކީ މި މުބާރާތަކީ އެންމެ ފެންވަރު ރަނގަޅުކޮށް މުޅި އަތޮޅު ތަމްސީލުވާނެހެން ކުރިއަށް ގެންދިޔުމަށް ތައްްޔާރުވާ މުބާރާތެއް ކަމަށްވެސް ލީޑްއިން ބުނެއެވެ.

އަދި މިފަހަރުގެ މުބާރާތް ފޮނަދޫގައި ބޭއްވިނަމަވެސްކުރިއަށް އޮތް ތަނުގައި ލީޑުގެ މިފަދަ ހަރަކާތްތައް މުޅި އަތޮޅުގެ ހުރިހާ ރަށްތަކަށް ފުޅާކުރެވޭނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ލީޑް ޖަމިޢްޔާއިން މިފަދަ ހަރަކާތްތަކެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ލ. އަތޮޅުގެ ކުރިމަގަށް، ކެރޭ، ހުނަރުވެރި، ގައުމީ ޖޯޝު ހިނގާ ޒުވާން ޖީލެއް ބިނާ ކުރުންކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. އަދި އެ ޖަމްޢިއްޔާއިން ކުރަން ގަސްދުކުރާ މިފަދަ މަސައްކަތަކަށް އެޅިގެންދާ އެންމެ މުހިއްމު ފިޔަވަޅަކީ، ގައުމުގެ ކުރިމަގު ކަމަށްވާ ކުޑަކުދިން، ހަރުދަނާ ގޮތެއްގައި ބިނާ ކުރުންކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމަށް މިހާރު އޮންލައިން ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ޑިސެމަބަރު މަހުގެ 10 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ލީޑް އިން ބުނެއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންް އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކަންކަމަށް މިހާތަނަށް ލިބެމުން އަންނަ ތަރުހީބު ބޮޑުކަމަށްވެސް ލީޑުން ފާހަގަކޮށްފައިވެއެވެ.

ލީޑް 16 އަހަރުން ދަށުގެ މި މުބާރާތަކީ މުބާރާތުގެ ޗެމްޕިއަން ކަން ހޯދާ ޓީމަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މުބާރާތެކެވެ. މި މުބާރާތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް 7947373، 9984111 އާއި ގުޅުއްވުމަށް ވެސް ލީޑް އިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް