ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނީ ފަންނުވެރިކަމާއި ސަގާފަތް ހިމަނައިގެން: ޔުމްނާ މައުމޫން

ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނީ ފަންނުވެރިކަމާއި ސަގާފަތް ހިމަނައިގެން ކަމަށް ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ޔުމްނާ މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތް ހުޅުވުމަށް ...

17 Nov 2020 | 13:09

ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނީ ފަންނުވެރިކަމާއި ސަގާފަތް ހިމަނައިގެން ކަމަށް ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ޔުމްނާ ވިދާޅުވީ ހަގީގީ ތަރިކައަކީ އަޅުގަނޑުމެންގެ ދީން ނުވަތަ އަމިއްލަވަންތަކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަގާފަތް ދޫކޮށްލާފަ ގެންނަ ތަރައްގީއަކީ ހަގީގީ ދެމެހެއްޓެނިވި ތަރައްގީއެއް ނޫން." ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ އޭރު ދިވެހިން ދިރިއުޅެމުން ދިޔައީ ކިތަންމެ ނިކަމެތިކޮށްނަމަވެސް މިސްކިތްތަކުން ފެނިގެން ދިޔައީ ދިވެހިން ދީނަށް ހުރި އިހްތިރާމާއި ލޯތްބާއި ގަދަރު ކަމަށެވެ.އަދި އޭރުވެސް ނުހަނު ފަންނުވެރިކަމާއި ކުޅަދާނަ ކަމާއެކު މިސްކިތްތައް ބިނާކުރެވިފައި ހުރިކަން ކަޅުވަކަރު މިސްކިތުންނާއި މިނޫންވެސް އެހެން ހިރިގަލު މިސްކިތްތަކުން ފެނިގެންދާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް