ޔުނިސެފުން ރާއްޖެއަށް 1.3 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކޮށްފި

ޔުނިސެފުން ރާއްޖެއަށް 1.3 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކޮށްފި އެވެ. ޔުނިސެފުން ހަދިޔާކޮށްފައިވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ޓެސްޓް ކިޓާއި ލެޕްޓޮޕް އެވެ. އެގޮތުން 5،000 ޕީސީއ...

17 Nov 2020 | 11:33

ޔުނިސެފުން ރާއްޖެއަށް 1.3 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކޮށްފި އެވެ.

ޔުނިސެފުން ހަދިޔާކޮށްފައިވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ޓެސްޓް ކިޓާއި ލެޕްޓޮޕް އެވެ.

އެގޮތުން 5،000 ޕީސީއާރު ޓެސްޓް ކިޓް އަދި 46 ލެޕްޓޮޕް ހަދިޔާކޮށްފައިވާ އިރު، ހަދިޔާކުރި ލެޕްޓޮޕްތަކަކީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެެ މަސައްކަތް ހަރުދަނާ ކުރުމަށް ގޮތުން ހަދިޔާކުރި ލެޕްޓޮޕްތަކެއް ކަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް މިހާތަނަށް 17 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ޔުނިސެފުން ހާމަކުރެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެހީތައް ވެސް ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.

ރާއްޖެއިން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު 947 މީހުންނަށް ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 59 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 45 މީހަކު މަރުވެފައިވާއިރު، މި މަހުގެ މިހާތަނަށް ހަތް މީހަކު ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް