ގަތަރުން ޓްރެވަލް ބަބްލް ޕެކޭޖެއް ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފި

ގަތަރުން ޓްރެވަލް ބަބްލް ޕެކޭޖެއް ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފި އެވެ. މި ޕެކޭޖު ތަޢާރަފް ކުރީވަރލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ދޭ ”ސޭފް ޓްރެވަލް“ ސްޓޭމްޕް ރާއްޖެއަށް ލިބުމުން...

17 Nov 2020 | 11:01

ގަތަރުން ޓްރެވަލް ބަބްލް ޕެކޭޖެއް ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފި އެވެ.

މި ޕެކޭޖު ތަޢާރަފް ކުރީވަރލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ދޭ ”ސޭފް ޓްރެވަލް“ ސްޓޭމްޕް ރާއްޖެއަށް ލިބުމުން ނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ގަތަރުން ވަނީ ކޯވިޑް-19އާ ގުޅިގެން މީހުން ދަތުރު ކުރަން ރައްކާތެރި ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައެވެ.

އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަ ތަޢާރަފްކުރި އެ ޕެކޭޖުގެ ދަށުން، އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް ބުކިންގސް ކުރެވޭނެ އެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ އެކަކުން އަންނަ އަހަރުގެ ޖަނަވަރީ 7 ވަނަ ދުވަހާ ހަމައަށް ދަތުރު ކުރެވޭނެ އެވެ.

މި ޕެކޭޖުގެ ދަށުން ރާއްޖެ އަންނަ ގަތަރުގެ ފަތުރުވެރިންނަށް ސޭންޑީސް ބަތަލާ މޯލްޑިވްސް އަދި ޑައިމަންޑްސް ތުނޑުފުށި ބީޗް އެންޑް ވޯޓަރ ވިލާސް ވަނީ ޚާއްސަކޮށްފަ އެވެ.

ފްލައިޓް އެންޑް ހޮޓެލް ޕެކޭޖަސްގެ އަގު 5460 ގަތަރު ރިއާލްސް އިން ފެށެ އިރު، ޕެކޭޖުގެ ދަށުން މަދުވެގެން 5 ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޖެހޭނެއެވެ.

އޭގެ އިތުރުން ގަތަރު އެއަރވޭސް ހޮލިޑޭސް މެދުވެރިކޮށް ފްލައިޓް އަދި ހޮޓެލް ބުކް ކުރާ ފަރާތްތަކަށް، ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ނިމިގެން އަނބުރާ ދޯހާއަށް ދިއުމަށްފަހު އައިސޮލޭޓް އަދި ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް