ކޮންޖެޝަން ފީ ނަގަން އުޅޭތީ މުއިއްޒު ފާޑު ވިދާޅުވެއްޖެ

އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް މާލެ ސަރަހައްދުގައި ދުއްވާ އުޅަނދު ފަހަރުތަކުން "ކޮންޖެޝަން ފީ" އެއް ތައާރަފް ކުރާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އެކަމާ ފާޑު ވިދ...

17 Nov 2020 | 09:22

އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް މާލެ ސަރަހައްދުގައި ދުއްވާ އުޅަނދު ފަހަރުތަކުން "ކޮންޖެޝަން ފީ" އެއް ތައާރަފް ކުރާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އެކަމާ ފާޑު ވިދާޅުވެއްޖެ އެވެ. މުއިއްޒު ވަނީ މާލޭ މޭޔަރު ކަމަށް ވެސް ވާދަކުރަން ނިންމައިފަ އެވެ.

ދެހާސް އެކާވީީސް ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައިި ވަނީ ކޮންޖެޝަން ފީ އަދި  ޕާކިން ފީގެ ގޮތުގައި ނަގާ ފައިސާއިން ދައުލަތަށް އިތުރު 36.6 މިލިއަން ރުފިޔާ ހޯދުމަށެވެ. އެގޮތަށް ފީތަކެއް ނިންމީ މާލޭ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެފައި ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ބޭނުން ކުރާ ސަރަހައްދަކަށް ވުމުން އެ ކަމުގެ ސަބަބުން މަގުތަކަށް ބާރު ބޮޑުވެ ބައިބޯވުން އިތުރުވާތީ މާލޭ ސަރަަހައްދުގެ ބައިބޯވުން ކުޑަކުރުން ކަމަށް ބަޖެޓުގައިި ފޮތުގައި ބުނެފައި ވެ އެވެ.

ސަރުކާރުން އަންނަ އަހަރު ނަގަން އުޅޭ ފީތަކާއި މެދު ކަންބޮނޑުވުން ފައުޅު ކުރައްްވާ މުއިއްޒު ވިދާޅުވީ، ސަރުކާރުން އެގޮތަށް ފީތަކެއް ނިންމީ ޓްރެފިކާއި ޕާކިންގެ މައްސަލަތަށް ހައްލުކުރަން ނޭގޭތީ ކަމަށެވެ.

އިތުރު ފީތަކެއް ނަގަން އުޅޭތީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފަލަމުންވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް