ކަޅުވަކަރު މިސްކިތާއި ވަށައިގެން އޮންނަ މައިޒާން ހުޅުވައިފި

ކަޅުވަކަރު މިސްކިތް އަލުން ރާވައި އެ މިސްކިތާއި ވަށައިގެން އޮންނަ މައިޒާން ރަސްމީކޮށް ހުޅުވައިފި އެވެ. ރަސްމީކޮށް ކަޅުވަކަރު މިސްކިތް ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ހެރިޓޭޖް ...

17 Nov 2020 | 08:51

ކަޅުވަކަރު މިސްކިތް އަލުން ރާވައި އެ މިސްކިތާއި ވަށައިގެން އޮންނަ މައިޒާން ރަސްމީކޮށް ހުޅުވައިފި އެވެ.

ރަސްމީކޮށް ކަޅުވަކަރު މިސްކިތް ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ރަސްމީކޮށް ކަޅުވަކަރު މިސްކިތް އަލުން ހުޅުވުމާ ގުޅިގެން އާންމުންނަށް މިސްކިތާއި މިސްކިތުގެ ވަށައިގެންވާ މައިޒާން ބޭނުންކުރެވޭނެ ކަމަށެވެ. މިސްކިތާއި މައިޒާނަށް އާންމުންނަށް ވަދެވެނީ ކޮންމެ ދުވަހެއްގެ ފަތިހު 5:00 ން ރޭގަނޑު 9:00 އަށެވެ.

ކަޅުވަކަރު މިސްކިތަކީ އާސާރީ ތަރިކައެއް ކަމުން މިސްކިތަށް ހުރިމަތްތެރިކޮށް ހިތައި ގެއްލުން ނުލިބޭނެހެން މިސްކިތާއި މައިޒާން ބޭނުން ކުރުމަށް މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފައެވެ. ކަޅުވަކަރު މިސްކިތް ތަރައްގީކުރަނީ ގައުމީ ދާރުލްއާސާރުގެ އެއް އެގްޒިބިޓްގެ ގޮތުގައި އަދި ލިވިންގް ހެރިޓޭޖެއްގެ ގޮތުގައެެވެ. އެތަނުގައި ބަންގި ގޮވުމާއި ނަމާދުގެ ޖަމާއަތް ނުބޭއްވި ނަމަވެސް، ނަމާދުކުރަން ބޭނުން މީހަކަށް އެ މިސްކިތުގެ ވަޅުން ވުޟޫކުރުމާއި އެ މިސްކިތަށް އަރައި ނަމާދުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކަޅުވަކަރު މިސްކިތަކީ މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ.

މި މިސްކިތަކީ ދިވެހީންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ހިރިގަލުގެ ރީތި ނަމޫނާއެކެވެ. މި މިސްކިތަކީ ދިވެހިންގެ އާސާރީ، ތާރީހީ އަދި ބަހަވީ މުހިންމު ތަރިކައެކެވެ.

މި މިސްކިތުގައި ބިންވަޅުނަގައި ތާނަ އަކުރުން ލިޔެފައިވާ ބޯގަފަތްކޮޅަކީ ރާއްޖެއިން މިހާރު ފެންނަންހުރި އެންމެ ދުވަސްވީ ތާނަ އަކުރުގެ އެއް ލިޔުމެވެ. މި މިސްކިތް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ދިވެހި ޝާހީ ގަނޑުވަރުގެ ގޯތިތެރޭގައެވެ. އޭގެފަހުން އެކި ފަހަރު މަތިން، އެކި ސަބަބުތަކާ ގުޅިގެން، މި މިސްކިތް އެކި ތަންތަނަށް ބަދަލު ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް