ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސް ސްކޫލްތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ޒަކާތު ފަންޑުން ދޭން ކަނޑައެޅި1.5 މިލިއަން ރުފިޔާގެ ދޫކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފައިސާ އަކީ ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސް ސްކޫލްތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން ދިން ފައިސާއެއް ކަމަށެވެ. މި ފައިސާ ދޫކޮށްފައިވަނީ އެހީއަށް އެދުމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކަށެވެ.
އެގޮތުން އެހީއަށް އެދުނު ފަރާތްތަކުގެ ތެރެއިން ފައިސާ ދޫކޮށްފައިވަނީ 48 ފަރާތަކަށެވެ. އެ ފަރާތްތައް ކަނޑައެޅީ އެހީ ދިނުމުގައި އަމަލު ކުރުމަށް ކަނޑައެޅި އުސޫލުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު ފަރާތްތަކަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި 1.5 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ދޫކޮށްފައިވަނީ 25 ޕްރީ ސްކޫލަކަށް ކަމަށެވެ. 23 ޤުރުއާން ކްލާހަކަށް ދޫކޮށްފައިވަނީ ފަސް ލައްކަ ރުފިޔާ އެވެ.
މި އެހީ ދޫކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް