ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ގުޅުން ހުރި ހުރިހާ ވަޒީފާތަކުން އިސްތިއުފާ ދެއްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރަން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ނިންމަވައިފި އެވެ.
ރިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމާއި ކާށިދޫ ދާއިރާގެ މަޖިލީސް ސެކްރެޓޭރިއޭޓްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ޖާބިރުގެ ޔޮޓް ޓުއާސް ގްރޫޕުގެ ކުންފުނިތަކުގެ ސީއީއޯގެ މަގާމުންވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ރިފާއު މީޑިއާގައި ވިދާޅުވީ އެ މަގާމުތަކުން އިސްތިއުފާދެއްވީ ޖާބިރާއި އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ. ހަމައެކަނި ރިފާއުގެ މައްސަލައަކީ ދެބޭފުޅުންގެ ވިސްނުން އެއްގޮތް ނުވުން ކަމަށް ވިދާޅުވެފައިވެ އެވެ.
އެގޮތުން ރިފާއު މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރެއްވި ނަމަވެސް ޖާބިރު ސަރުކާރަށް ތާއީދު ކުރައްވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ބޭނުންވަނީ، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް ޔާމީން މިނިވަންކުރަން މަސައްކަތް ކުރުމަށް ކަމަށާއި ޑީއާރުޕީގައި ހުންނަވައިގެން އެ މަސައްކަތްތައް ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
https://twitter.com/RifauMP/status/1328368966578954247
ރިފާއު ނިންމަވާފައިވަނީ ޔާމީން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި ގުޅިވަޑައިގެންނެވުމަށެވެ. ޑިއާރުޕީއަށް ސޮއި ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީވެސް އެ ޕާޓިގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް