ޓްރީ ޓޮޕް ހޮސްޕިޓަލުން ކޯވިޑް-19 ޕީސީއާރު ޓެސްޓު ކުރުުމަށް ބޭނުންވާ މީހުންނަށް އޮންލައިންކޮށް ބުކިން ހައްދައިދޭން ފަށައިފި އެވެ.
އޮންލައިންކޮށް ބުކިން ހައްދާ ފަރާތްތަކަށް ސާމްޕަލް ނަގަން ދާން ޖެހޭ ގަޑި އަންގާނީ ހޮސްޕިޓަލުން ގުޅައިގެންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުުން ބުނީ ފުރާ ތަރީހާއި ގަޑި އާއި އެކު އޮންލައިންކޮށް ބުކިން ހެއްދުމުން ސާމްޕަލް ނަގާތާ 12 ގަޑިއިރު ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބޭނެ ކަމަށެވެ.
ސާމްޕަލް ދޭން ދާއިރު އައިޑީކާޑު ނުވަތަ ޕާސްޕޯޓު އަދި ވޯކްޕާމިޓް ގެންދަން ޖެހެ އެވެ. އެ ހޮސްޕިޓަލުން ބުނީ އޮންލައިންކޮށް ބުކިން ހައްދައިގެން ޓެސްޓު ކުރަން އެދޭ ރިސޯޓުތަކުން ގެންނަ ސާމްޕަލް ބަލައި އެ ހޮސްޕިޓަލްގެ ޓީމެއް ހުޅުމާލޭ ޖެޓީ ނުވަތަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖެޓީ އާއި ހަމައަށް ގޮސްދޭނެ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދިވެހިންނާއި ސައްހަ ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ކޯވިޑް-19 ޕީސީއާރު ޓެސްޓެއް ހަދައިދެނީ 1،149 ރުފިޔާ އަށެވެ. އަދި ޓޫރިސްޓުންނަށް ޕީސީއާރު ޓެސްޓެއް ހަދައިދެނީ 1،199 ރުފިޔާ އަށެވެ.
މީގެ އިތުރުން ކުއްލިއަކަށް ފުރަން ޖެހޭ ފަރާތްތަކަށް އިތުރު ފީ އަކާއި އެކު 12 ގަޑިއިރު ކުރިން ސާމްޕަލްގެ ނަތީޖާ ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް