ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމުގެ މަސްދަރަކީ އިސްލާމް ދީން: ރައީސް

ދިވެހި ރާއްޖެ މިނިވަންކަންމަތީ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމް ދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖެ...

17 Nov 2020 | 05:41

ދިވެހި ރާއްޖެ މިނިވަންކަންމަތީ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމް ދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނުގެ ރޫހު ދިވެހި މި ބިމުގައި އަބަދަށްމެ ދެމެހެއްޓެވުމަށް އެދި ދުއާކުރައްވާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމް ދީން ކަމަށެވެ.

ރައީސް ސޯލިހުގެ ޓުވީޓުގައި ވަނީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ދުވަހުެގ ތަހުނިޔާ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާފައި އެވެ.

https://twitter.com/ibusolih/status/1328403970683912192

އިސްލާމްދީނުގެ ހިދާޔަތު ދިވެހިންނަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ދެ ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް