ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އުތުރަށް ރީނދޫ އެލާޓު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ކ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ރީނދޫ އެލާޓުގެ ވަގުތަކީ ހެނދުުނު 9:00 ން މެންދުރު ފަ...

17 Nov 2020 | 05:23

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ކ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ރީނދޫ އެލާޓުގެ ވަގުތަކީ ހެނދުުނު 9:00 ން މެންދުރު ފަހު 2:00 އެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ރީނދޫ އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން ތިބުމަށް ހަނދާން ކޮށްދިނުމަށެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މޫސުމަށް ބަލާއިރު ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުނެ އެވެ.

އާންމު ގޮތެއްގައި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.

މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް