ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ފައްސިވި މީހުންގެ އަދަދު 110 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 31 ދިވެހިންނާއި 79 ބިދޭސީންނެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 110 މީހުން ކޮވިޑް އަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ ޖުމްލަ 12،314 އަށް އަރާފައެވެ.
ޖުމްލަ 12،314 މީހުން ކޮވިޑް އަށް ފައްސި ވެފައިވާއިރު، މީގެތެރެއިން 11،316 މީހަކު މިހާރު ވަނީ މި ބަލިން ރަނގަޅު ވެފައެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 44 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ވޭތުވެދިޔަ 11 ދުވަސްތެރޭ 7 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި 277 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދާ މީހުންގެ އަދަދަކީ 59 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް