އަންނަ އަހަރު ރާއްޖެއިން ފީފާ ރެފްރީންގެ ގޮތުގައި ފަސް ރެފްރީން ތަމްސީލް ކުރާނެ: އެފްއޭއެމް

އަންނަ އަހަރު ރާއްޖެއިން ފީފާ ރެފްރީންގެ ގޮތުގައި 5 ރެފްރީއެއް ތަމްސީލް ކުރާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފްް މޯލްޑިވްސްއިން ހާމަކޮށްފިއެވެ. މި 5 ރެފްރީންގެ ތެރޭގައި ހިމެނެނީ ބޭރުގެ ބޮޑެތި މުބާރާތ...

16 Nov 2020 | 21:57

އަންނަ އަހަރު ރާއްޖެއިން ފީފާ ރެފްރީންގެ ގޮތުގައި 5 ރެފްރީއެއް ތަމްސީލް ކުރާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފްް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

މި 5 ރެފްރީންގެ ތެރޭގައި ހިމެނެނީ ބޭރުގެ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަން ކޮށްފައިވާ ތަޖުރިބާކާރު ފަސް ރެފްރީންކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފްް މޯލްޑިވްސްއިން ބުނެއެވެ.

މި 5 ރެފްރީންގެ ތެރޭގައި ހިމެނެނީ ހުސެއިން ސިނާން އާއި އާދަމް ފަޒީލް އާއި އަހުމަދު އަބްދުﷲ އާއި ޖައުފަރު ރަޝީދާއި މުހައްމަދު ޖާވިޒުއެވެ.

މި 5 ރެފްރީންގެ ތެރެއިން ޖައުފަރު ރަޝީދަކީ އެންމެ ތަޖުރިބާކާރު ރެފްރީއެވެ. 2012 ވަނަ އަހަރުން ފެށިގެން ފީފާ އެސިސްޓަންޓް ރެފްރީއެއްގެ ގޮތިގައި ހުރި ޖައުފަރު ވަނީ  ބައިނަލްއަޤްވާމީ ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފައެވެ.

މީގެއިތުރުން މުހައްމަދު ޖާވިޒު އަކީ 2016 އިން ފެށިގެން ފީފާ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެެރި ވަމުން އަންނަ ރެފްރީއެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ބެއްވުނު އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގައި ރެފްރީއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

އާދަމް ފަޒީލަކީ ވެސް 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީއެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ނޭޕާލްގައި ބޭއްވި 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން ޗައިނާގެ ޔުނިވާސިޓީއެއްގައި ބޭއްވި ވޯލްޑްކަޕާއި 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީ މުބާރާތުގައި ވެސް ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރި ވެފައެވެ.

ފީފާ އެސިސްޓަންޓް ރެފްރީ އަހުމަދު އަބްދުﷲ އަކީ 2015 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ރެފްރީއެކެވެ. އޭނާ ވަނީ 2015 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރެފްރީކަން ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް