ކޮވިޑް-19 ޖެހިގެން 72 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 72 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިއަދު އިރުއޮއްސި 6:36 ގައި އައިޖީއެމްއެޗްގެ އެމަޖަންސީ ރޫމަށް ގެންދިޔ...

16 Nov 2020 | 20:04

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 72 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިއަދު އިރުއޮއްސި 6:36 ގައި އައިޖީއެމްއެޗްގެ އެމަޖަންސީ ރޫމަށް ގެންދިޔަ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނަކު، ހޮސްޕިޓަލަށް ގެންދިޔައިރު އެއްވެސް ހަރަކާތެއް ނުކުރާ ކަމަށާއި، ނިޔާވެފައިވާ ކަމަށެވެ.

އެމީހާ ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ނަތީޖާ ފައްސި ވެފައިވާ ކަމަށާއި މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 45 ވަނަ މީހާ ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތު ދީފައިވެއެވެ.

މިރޭ ނިޔާވި މީހާ އަކީ މިއީ ކޮވިޑް-19 ޖެހިގެން ފާއިތުވި 11 ދުވަސް ތެރޭގައި ރާއްޖޭގައި ނިޔާވި 7 ވަނަ މީހާއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވާ ގިނަ މީހުންނަކީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަމުން އަންނަ މީހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް