މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ24 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ޕޮސިޓިވް24 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 1،572 ސާމްޕަލެވެ.
ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ 1،138 މީހުންނަށެވެ. އޭގެ ތެރެއިން 43 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 10،097 މީހުން މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 11،178 މީހުންނަށެވެ. އޭގެ ތެރެއިން 36 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް