ފްރާންސުގައި ސްކޫލެއްގައި ދަރިވަރުން ތަކަކަށް، ކީރިތި ރަސޫލާ ﷺގެ ކާޓޫނު ކުރަހާފައި ދެއްކި ޓީޗަރަކަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.
މިޑްލް ސްކޫލެއްގެ ފިރިހެން ޓީޗަރަކަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ އެ ކާޓޫނު ދަރިވަރުންނަށް ދެއްކިތާ ދެ ދުވަސް ފަހުން ސްކޫލު ބޭރުންނެވެ.
ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި އިއްޔެގެ މި ހާދިސާގައި، ފްރާންސުގެ ފުލުހުން ވަނީ، އެ ހަމަލާ ދިން މީހާގަޔަށް މަގުމަތިން ބަޑިޖަހާ މަރާލާފައެވެ.
ފްރާންސުގައި އިއްޔެ މިފަދަ ހާދިސާއެއް ހިނގާފައިވާއިރު މީގެ ފަސް އަހަރު ކުރިން ފްރާންސުގެ ނޫހެއް ކަމުގައިވާ ޗާލީ ހެބްދޯގައި ރަސޫލާ ﷺގެ ކާޓޫނު ކުރެހިއެވެ. އެކަމާއި ގުޅިގެން ބަޔަކު ވަނީ އެ ނޫހުގެ އިދާރާއަށް ހަމަލާދީ، އެ ނޫހުގެ އިސްވެރިން ހިމެނޭހެން 12 މީހަކު މަރާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް