ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދުވި ފަހުން ފުރަތަމަ ފަހަރަށް 277 ގާނޫނީ ވަކީލުން ހުވާ ކޮށްފި

ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދުވި ފަހުން ފުރަތަމަ ފަހަރަށް 277  ގާނޫނީ ވަކީލުން ހުވާ ކޮށްފި އެވެ. ޒޫމް މެދުވެރިކޮށް ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވަކީލުން ހުވާކޮށްފައި ވަނީ ހަ ބެޗަކަށް ބަހާލައިގ...

17 Oct 2020 | 13:13

ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދުވި ފަހުން ފުރަތަމަ ފަހަރަށް 277  ގާނޫނީ ވަކީލުން ހުވާ ކޮށްފި އެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވަކީލުން ހުވާކޮށްފައި ވަނީ ހަ ބެޗަކަށް ބަހާލައިގެން ނެވެ.

ގާނޫނީ ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލް އުސްތާޛު މުހައްމަދު ނިޔާޒެވެ.

ބާ ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ ޕްރޮގްރާމު 283 ވަކީލަކު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި އެ ކައުންސިލްގެ އިމްތިހާން 283 ދަރިވަރަކު ފުރިހަމަ ކުރި ނަމަވެސް އެ ތަމްރީން ޕްރޮގްރާމްގައި 321 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

" ބާކީ ތިބި ދަރިވަރުންނަށް އިމްތިހާންގައި ބައިވެރިވެފައި ނުވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމްގައި ޓެސްޓްގައި އިށީނދެވޭ ވަރަށް އެޓެންޑެންސް ނުލިބުމުން." ބާ ކައުންސިލުން ބުނެފައި ވެއެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ފަސް ބައެއް ހިމެނޭ އިރު، އޭގެ ތެރޭގައި މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖަރ، ސިވިލް ޕްރޮސީޖަރ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިންގ ހިމެނެ އެވެ.

މީގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް ކިޔަވައިދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް