ރާއްޖޭގެ މަސްވެރިން ބާނާ މަސް ލަންކާއަށް އެކްސްޕޯޓް ކުރެވޭނެ: ޝާހިދު

ރާއްޖޭގެ މަސްވެރިން ބާނާ މަސް، ސްރީލަންކާ އަށް އެކްސްޕޯޓް ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ލަންކާއިން ވަނީ މިދިޔަ މަހު ބައެއް ގައުމުތަކުން އެ...

17 Oct 2020 | 11:57

ރާއްޖޭގެ މަސްވެރިން ބާނާ މަސް، ސްރީލަންކާ އަށް އެކްސްޕޯޓް ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ލަންކާއިން ވަނީ މިދިޔަ މަހު ބައެއް ގައުމުތަކުން އެގައުމަށް މަސް އެކްސްޕޯޓް ނުކުރެވޭނެ ކަމަށް އަންގާފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ.

ނަމަވެސް ޝާހިދު ވަނީ ލަންކާ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އެގައުމުގެ ފޮރިން މިނިސްޓަރު ޑިނޭޝް ގުނަވަދަނައާއި، ފިޝަރީޒް މިނިސްޓަރު ޑޮގްލަސް ޑެވަނަންދަ އަދި ފިނޭންސް މިނިސްޓަރު އަޖިތް ނިވާޑްއާ ބައްދަލު ކުރައްވައި، ރާއްޖެއިން ބާނާ މަސް ލަންކާއަށް އެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ބައްދަލުވުންތަކަށްފަހު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ލަންކާއަށް މަސް އެކްސްޕޯޓް ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ލަންކާގެ ފޮރިން މިނިސްޓަރު ޑިނޭޝް ގުނަވަދަނައާއި، ފިޝަރީޒް މިނިސްޓަރު ޑޮގްލަސް ޑެވަނަންދަ އަދި ފިނޭންސް މިނިސްޓަރު އަޖިތް ނިވާޑްއާ ޝާހިދު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ ލަންކާއިން ހުއްދަ ރާއްޖެއަށް ދީފައިވާއިރު، އެ ހުއްދަ އެހެން އެއްވެސް ގައުމަކަށް ދޫކޮށްފައިނުވާ ކަމަށެވެ.

https://twitter.com/abdulla_shahid/status/1317120585642594304

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރާ އެ ގައުމަކީ ލަންކާއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް