ރެސްޓޯރެންޓު، ކެފޭތަކުގެ ވިޔަފާރިއަށް ދިމާވެފައިވާ ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ސާރވޭއެއް ރެސްޓޯރެންޓް އެސޯސިއޭޝަނުން ފަށައިފި އެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން ބުނީ މި ސާރވޭ މިއަދު ހަދަން ފަށާފައިވާ ކަމަށެވެ.
"މިއީ ރެސްޓޯރެންޓް/ކެފޭ ފަދަ މިސިނާޢަތާ ގުޅުންހުރި ވިޔަފާރިތައް މިވަގުތު ތަހައްމަލު ކުރަމުންދާ ދަތިތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުގައި ރަނގަޅު ސަރވޭއެއް ކުރުން މުހިންމު." ރެމް އިން ބުންޏެވެ.
ރެމް އިން ބުނީ މި ސަރވޭ ކުރުމަށް ގޫގުލް ފޯމެއް ތައްޔާރުކޮށް އެކުވެރި ވިޔަފާރި ކުރާ ފަރާތްތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ އެސޯސިއޭޝަނަކީ މި ސިނާޢަތުގެ ހުރިހާ ވިޔަފާރިތަކެއް ހިމާޔަތްކޮށް ދިނުމަށް ބޭނުންވާ މިދާއިރާ ތަރައްޤީ ކޮށްދިނުމަށާއި އެކިގޮތްގޮތުން މިދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެސޯސިއޭޝަނެއް ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ މިސާރވޭގައި ވީހާ ގިނަ ބޭފުޅުން ޝާމިލް ވުމަށް އެދޭ ކަމަށާއި މި ސާރވޭ ގެ ސުންގަޑި އަކީ މާދަމާ މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް