ގާސިމް އެންއައިސީއަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ނޭޝަނަލް އޮންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޅ. ނައިފަރު، ނިކަގަސްދޮށުގޭ، ގާސިމް އަަބުދުލްކަރީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ...

17 Oct 2020 | 10:11

ނޭޝަނަލް އޮންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޅ. ނައިފަރު، ނިކަގަސްދޮށުގޭ، ގާސިމް އަަބުދުލްކަރީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ރުހުންދީފި އެވެ.

އެ މަގާމަށް ގާސިމް އައްޔަން ކުރުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގާސިމްގެ ނަން އެންޑޯޒްކޮށްފަ އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނަތް ފަޅާ އަޅުވާލީ ގާސިމް އެވެ.

އެެމްއެމްޕީއާރްސީގެ ހިޔާނާތް ގާސިމް ފަޅާ އަޅުވާލިއިރު އޭނާ ހުންނެވީ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރެއްގެ މަގާމުގަ އެވެ.

ހިޔާނަތާއި ގުޅޭ މައުލޫމާތު އާންމުކުރުމުން ކުރީ ސަރުކާރުން ވަނީ ގާސިމްގެ މައްޗަށް ދައުވާކޮށް ހުކުމްވެސް ކޮށްފައެވެ. އެ މައްސަލައިގެ ސަބަބުން، ވިސްލް ބްލޯވިން އުސޫލާ ހިލާފަށް ބޭންކުގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި ގާސިމް، އަށް މަހާއި 12 ދުވަހަށް ޖަލަށްލިއެވެ.

ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ދޫކޮށްލާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ގާސިމް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 1.22 ބިލިއަން ރުފިޔާ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ދައުރުކުރި ގޮތުގެ ބޭންކް ސްޓޭޓްމަންޓް އާންމުކޮށްފަ އެވެ. މި ކޮރަޕްޝަން އާންމުގެ ސަމާލުކަމަށް އައިސްފައިވަނީ މިހާ ހިސާބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް