ހުޅުމާލޭ އިރުމަތީ ފަރާތު ޓްރެކް ސަރަހައްދު ސާފުކޮށްފި

ހުޅުމާލޭ އިތުރުމަތީ ފަރާތު ޓްރެކް ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ. އެޗްޑީސީން ބުނީ މި ހަރަކަތަކީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިސްނެންގުވުމާއި އެކު ކުރިޔަށް ގެ...

17 Oct 2020 | 09:06

ހުޅުމާލޭ އިތުރުމަތީ ފަރާތު ޓްރެކް ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

އެޗްޑީސީން ބުނީ މި ހަރަކަތަކީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިސްނެންގުވުމާއި އެކު ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ން 10:00 އަށެވެ.

މި މަސައްކަތުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ މޫދުގައި ހުރި ކުންޏާއި މަރުވެފައިވާ ގާތަށް ނަގާފައި އެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދު ސާފު ކުރަން ނިންމީ މޫދަށް އެރި އުޅޭ ފަރާތްތަކުން މޫދުގައި ކުނި ގިނަވެ ގާ ގިނަވެފައިވާތީ ޝަކުވާ ކުރާތީ ކަމަށެވެ.

އެޗްޑީސީން ބުނީ މި މަސައްކަތް ކޮށްފައިވާނީ އެޗްޕީއޭއިން ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ އެއްވެ އުޅުމުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް