ތަރުކާރީ އާއި މޭވާ ވިއްކާ ތަންތަން ރަޖިސްޓްރީ ކުރަން އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.
މިފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްތަކުގެ ތިރީގައި ކުރުން އިތުރުވެފައިވާ މި ވިޔަފާރި ރަޖިސްޓްރީ ކުރަން އެންގީ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުންނެވެ. އެ މިނިސްޓްރީން ބުނީ އެ ގަވައިދާ އަމަލު ކުރަން ފަށާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.
އެ ގަވައިދުގައި ބުނެފައިވާ ގޮތުން ގަވައިދު އާންމު ކުރާތާ 30 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލަން ޖެހޭނެ އެވެ.
މި ގަވައިދުގެ ދަށުން ރަޖިސްޓްރީ ކުރާ ތަންތަން އިންސްޕެކްޓު ކުރާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ. ގަވައިދުގެ ދަށުން ގަވައިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވެ އެވެ.
އެގޮތުން ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވެފައި ނުވާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ.
ވިޔަފާރި ރަޖިސްޓްރީކުރެވޭނީ އޮންލައިންކޮށް، އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް