ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް މާދަމާ ގައުމާ މުހާތަބު ކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ...

17 Oct 2020 | 07:08

ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޤައުމީ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރެއްވުމަށް މާދަމާ ހަމަޖެހިފައިވާއިރު މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ. ގައުމީ އިނާމު ދިނުން ވަނީ ފަސްކޮށްފައެވެ. ގައުމީ ޖަލްސާ ކެންސަލްކޮށް ގައުމީ އިނާމު ދިނުން ފަސްކޮށްފައިމިވަނީ ކޮވިޑު ހާލަތާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް