ކޯވިޑް ތެރޭގައި އެޕާޓްމެންޓެއް ގަނެވިގެން އަދިތިޔާ އަތުން ފައިސާ ހުސްވެފައި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތިޔާ ނަރަޔަން އަތުން ފައިސާ ހުސްވެގެން އުޅޭ ކަމަށް ބުނީ މީގެ މަހެއް ހާ ދުވަސް ކުރިންނެވެ، އޭގެ ފަހުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އޭނާ މިއަހަރު ނިމުމު...

17 Oct 2020 | 05:00

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތިޔާ ނަރަޔަން އަތުން ފައިސާ ހުސްވެގެން އުޅޭ ކަމަށް ބުނީ މީގެ މަހެއް ހާ ދުވަސް ކުރިންނެވެ،

އޭގެ ފަހުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އޭނާ މިއަހަރު ނިމުމުގެ ކުރިން 10 އަހަރުވަންދެން އެކުގައި އުޅެފައިވާ ލޯބިވެރިޔާ ޝްވެތާ އަގަރްވާލް އާއި ކައިވެނި ކުރަން އުޅޭކަން އިއުލާނުކޮށްފައި އެވެ. މި ހަބަރާއި އެކު އެންމެ ގިނައިން މިހާރު ދައްކާ ވާހަކަ އަކީ އޭނާ އަތުގައި ފައިސާ ނެތް ވާހަކަ އެވެ.

މިކަމާއި ގުޅިގެން ފައިސާ ނެތް ސަބަބު ހާމަކޮށްދިނުމުގެ ގޮތުން އަދިތިޔާ މީޑިއާގައި ބުނީ ހަމަ ހަގީގަތުގައިވެސް އޭނާ އަތުގައި ފައިސާ ނެތް ކަމަށެވެ. އަދި މިހާރު އެ ކައުންޓުގައި ހުރީ އެންމެ 18،000 ރުޕީސް ކަމަށެވެ.

ފައިސާ ހުސްވީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރި މާޗްމަހުގެ ތެރޭގައި އޭނާއަށް އެޕާޓްމެންޓެއް ގަނެވުމުން ކަމަށް ބުނެ އެވެ. އަދިތިޔާ ބުނީ އެޕާޓްމެންޓު ގަތްތާ މާގިނަ ދުވަހެއް ނުވެ ލޮކްޑައުން ކުރުމުން އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތުމުން އަތުގައި ހުރި ފައިސާ ހަރަދު ކުރަމުން ގޮސް މިހާރު ބާކި ކުރި އަދަދަކީ 18،000 ރުފިޔާ ކަމަށް ބުންޏެވެ.

އަދިތިޔާ ބުނީ މިހާރުވެސް އޭނާ އަތުގައި އެއްވެސް މަސައްކަތެއް ނެތް އިރު ކުރިޔަށް އެއްވެސް މަސައްކަތެއް ލިބިފައި ނެތް ކަމަށެވެ. އެކަމަކު ސަޕޯޓަރުން ކައިރިން އެދުނީ ހާސް ނުވުމަށާއި އޭނާ އަކީ މިފަދަ ހާލަތެއްގައި މާގިނައިން ފައިސާ ހަރަދު ނުކޮށް އުޅޭ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް