އައްޑޫ ޒުވާނެއްގެ ބޮކްސާ ތެރެއިން، މަސްތުވާތަކެތީގެ 18 ޕެކެޓު ހޯދައިފި

އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ...

17 Oct 2017 | 04:20

އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ  ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިހެން ހިންގި އޮޕަރޭޝަނުގައި މި އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުގެ 22:25 ހާއިރު އައްޑޫ ސިޓީ މަރަދޫ ރެސްޓޯރެންޓެއްގެ ތެރެއިން ކަމަށެވެ.

:އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު އެނާ ލައިގެންހުރި ބޮކްސާގެ ރަބަރު ތެރެއަށްލާ ފޮރުވާފައިވަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 18 ރަބަރު ޕެކެޓު ފެނިފައިވެއެވެ." ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރޯ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި  ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް