އެބުނާ އާމްސް ޑީލަރެއްގެ މައްސަލައެއް މިހާރުވެސް އިންޑިއާގެ ހައިކޯޓުގައި !

ރާއްޖޭގައި އެއާޕޯޓެއް އަޅަން އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭ ކަމުގެ ވާހަކަތައް މިދިޔަ ހަފްތާގައި ދެކެވިފައިވާއިރު އެ ކުންފުނީގެ ވެރިޔާ ކަމަށް ބުނާ އަބީޝޭކް ވަރުމާގެ މައްސަލައެއް އިންޑިއާގެ ހައިކޯޓ...

16 Oct 2017 | 23:28

ރާއްޖޭގައި އެއާޕޯޓެއް އަޅަން އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭ ކަމުގެ ވާހަކަތައް މިދިޔަ ހަފްތާގައި ދެކެވިފައިވާއިރު އެ ކުންފުނީގެ ވެރިޔާ ކަމަށް ބުނާ އަބީޝޭކް ވަރުމާގެ މައްސަލައެއް އިންޑިއާގެ ހައިކޯޓުގައި މިހާރުވެސް ބަލަމުން އެބަ ދެ އެވެ.

އެއީ އިންޑިއާގެ އައުދިއްލީގައި 1 ނޮވެމްބަރު 1986 ވަނަ އަހަރު، ޝިކުންގެ ތިން މީހަކު މަރާލި މައްސަލައެއްގައި ތުހުމަތު ކުރެވޭ އިންޑިއާގެ ސިޔާސީ މީހެއް ކަމުގައިވާ ޖަގްދީޝް ޓިޓްލާ އެ މައްސަލައިން ސަލާމަތް ކުރުމަށް ހެކިންނަށް ރިޝްވަތު ދިންކަމަށް ބުނާ މައްސަލަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އިންޑިއާގެ ހައިކޯޓުގައި ކުރިއަށްދާއިރު މި މަހު ފަހުކޮޅު އަބީޝޭކްގެ "ލައި ޑިޓެކްޝަން ޓެސްޓް" އެއް ހަދާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

މި ދައުވާ ކުރަނީ އަބީޝޭކް އާއި އޭނާގެ ރަހުމަތްތެރި ސިޔާސީ މީހާ، ޖަގްދީޝް ޓިޓްލާގެ މައްޗަށެވެ. މި މައްސަލައިގާ ލައި ޑިޓެކްޝަން ޓެސްޓު ހެދުމަށް އަބީޝޭކް އަދި ޖަގްދީޝް ކުރިން އިންކާރު ކުރި ނަމަވެސް މިހާރުވަނީ މި ދެމީހުންވެސް އެ ޓެސްޓް ހެދުމަށް އެއްބަސްވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް