ރާމާ މަކުނުތަކެއް ގްރޫޕް ހަދާފައިގޮސް ޕިކަޕެއް ލޫޓުވާލައިފި

އަލްޖީރިއާ ނުވަތަ އަރަބި ބަހުން ނަމަ އަލް ޖަޒާއިރު ގައި އިއްޔެ ހިނގި ހާދިސާއެއްގައި ރާމާމަކުނު ތަކެއް ގްރޫޕް ހަދާފައި ގޮސް ޕިކަޕެއް ލޫޓުވާލައިފި އެވެ. އެ ޕިކަޕަކީ މޭވާ އަރުވާ ބަރުކޮށްފައި އޮތް ޕިކަޕެކ...

16 Oct 2017 | 22:55

އަލްޖީރިއާ ނުވަތަ އަރަބި ބަހުން ނަމަ އަލް ޖަޒާއިރު ގައި އިއްޔެ ހިނގި ހާދިސާއެއްގައި ރާމާމަކުނު ތަކެއް ގްރޫޕް ހަދާފައި ގޮސް ޕިކަޕެއް ލޫޓުވާލައިފި އެވެ. އެ ޕިކަޕަކީ މޭވާ އަރުވާ ބަރުކޮށްފައި އޮތް ޕިކަޕެކެވެ.

އިއްޔެ މި ހާދިސާ ހިނގާފައިވަނީ އަލްޖީރިއާގެ އިރުމަތީގެ ދެ އަވަށް ކަމުގައިވާ ބެޖާޖާ އަވަށާއި ޖިޖޭލް އަވަށާއި ދެމެދުގައި އޮންނަ ހައިވޭއެއްގަ އެވެ.

މި ހާދިސާގެ ވީޑިއޯއެއް ޔޫޓިއުބްގައި ދައުރުވަމުން އަންނައިރު ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ރާމާ މަކުނު، ހުދުކުލައިގެ ޕިކަޕެއްގައި ހުރި އެއްޗެހިތަކެއް ލޫޓުވާލާ މަންޒަރެވެ. މި ހާދިސާއާއި ގުޅިގެން އެ މަގު ބަންދުކުރަން ޖެހުނު ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް