މިއަދު ކޯވިޑުން ރަނގަޅުވީ 130 މީހުން، ޕޮސިޓިވްވީ 67 މީހުން

ރާއްޖެއިން މިއަދު ކޯވިޑް--19 އަށް ޕޮސިޓިވްވީ 67 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 62 މީހުންނަކީ މާލޭ ސިޓީން ޕޮސ...

17 Sep 2020 | 17:34

ރާއްޖެއިން މިއަދު ކޯވިޑް--19 އަށް ޕޮސިޓިވްވީ 67 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 62 މީހުންނަކީ މާލޭ ސިޓީން ޕޮސިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން ފަސް މީހަކު މިއަދު ޕޮސިޓިވްވެފައިވެ އެވެ.

ޕޮސިޓީވްވި މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެވެ. މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 23 ބިދޭސީންނެވެ.

އަތޮޅު ތެރޭގެ 20 ރަށެއްގައި 68 ކޯވިޑަށް ޕޮއިޓިވް މީހުން އެބަތިއްބެވެ. އަދި 29 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް 21 ޓޫރިސްޓުނާއި 48 މުވައްޒަފުން އެބަތިއްބެވެ.

އެޗްޕީއޭއިން ބުނީ މިހާރު ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 1،422 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 104 މީހުންނަށެވެ.

މިއަދު ބަލިން 130 މީހަކު ރަނގަޅުވެފައިވާއިރު މިހާތަނަށް ޖުމްލަ 8،033 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިދަށް ޕޮސިޓިވްވެފައިވަނީ 9،494 މީހުންނެވެ. އޭގެ ތެރެއިން 33 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް