ދިއްދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހއ. ދިއްދޫ ގޮނޑު ދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ އެކަމުގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 5:56 ހާއިރު ކަމަށެވެ. އެ މީހާ ރާޅު ޖަހާ ހިސާބުގައި ލައްގާ...

17 Sep 2020 | 16:26

ހއ. ދިއްދޫ ގޮނޑު ދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ އެކަމުގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 5:56 ހާއިރު ކަމަށެވެ. އެ މީހާ ރާޅު ޖަހާ ހިސާބުގައި ލައްގާފައި އޮއްވައި ފެނިފައިވަނީ އެ ރަށު ދެކުނު ފަރާތުންނެވެ.

މަރުވެފައި އޮއްވަ ފެނުނީ އުމުރުން 59 އަހަރުގެ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަބޫބަކުރު އަބްދުﷲ (ހޮޓާ ބަކުރު) އެވެ.

ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހާ ނެގި އިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހާ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް