ބޭރުން ރާއްޖެ އައި މީހުން 69 ޕަސެންޓު އިތުރުވެއްޖެ

ރާއްޖެއިން ބޭރުން އައި މީހުންގެ އަދަދު މިދިޔަ މަސް ދުވަހުގެ ތެރޭގައި 69 ޕަސެންޓު އިތުރުވެއްޖެ އެވެ. ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވ...

17 Sep 2020 | 15:36

ރާއްޖެއިން ބޭރުން އައި މީހުންގެ އަދަދު މިދިޔަ މަސް ދުވަހުގެ ތެރޭގައި 69 ޕަސެންޓު އިތުރުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެމްއޭސީއެލްއިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު އޭގެ ކުރީ މަހާއި އަޅާ ބަލާއި ރާއްޖެ އައި މީހުންގެ އަދަދު ވަނީ އިތުރުވެފައި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ޖުލައި 15 ން އޮގަސްޓު 15 އަށް ރާއްޖެ އައިސްފައިވަނީ 7،607 މީހުންނެވެ. އެމަމަކު މިދިޔަ މަހުގެ 15 އިން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 12،883 މީހުން ރާއްޖެ އައިސްފައިވެ އެވެ.

ފުރި މީހުންގެ ޕަސެންޓަށް ބަލާއިރު ދެ ވަނަ މަހު ރާއްޖެ އައި މީހުންގެ އަދަދު ވަނީ 69.3 ޕަސެންޓު އިތުރުވެފައި އެވެ. މިދިޔަ ދެ މަހުގެ ތެރޭގައި ރާއްޖެއިން ފުރި މީހުން 62 ޕަސެންޓު ވަނީ އިތުރުވެފައި އެވެ.

މިދިޔަ ދެ މަހު ރާއްޖެއަށް އައި މީހުންނާއި އަޅާ ބަލާއިރު ދެ މަހުވެސް ފުރައިގެން ދިޔަ މީހުން ގިނަ އެވެ. މިދިޔަ ޖުލައި 15 ން އޮގަސްޓު 15 އަށް ރާއްޖެއިން 9،241 މީހުން ފުރާފައިވާއިރު މިދިޔަ މަހުގެ 15 އިން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 14،983 މީހުން ފުރާފައިވެ އެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ދެ މަހުވެސް އެތެރޭގެ އުދުހުންތަކުގައި މީހުން ދަތުރު ކުރުން ވަނީ މަދުވެފައި އެވެ. ޖުލައި 15 ން އޮގަސްޓު 15 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަށްރަށަށް ފުރާފައިވަނީ 4،323 މީހުންނެވެ. އެ އަދަދު މިދިޔަ މަސް ދުވަހުގެ ތެރޭގައި ވަނީ3،471 އަށް މަދުވެފައި އެވެ.

ވީއައިއޭއިން ފުރި މީހުންގެ އަދަދަށް ބަލާއިރު ބޯޑަރު ހުޅުވި ފަހުން ފުރަތަމަ މަހު3،575 މީހުން މާލެ އައިސްފައިވާއިރު މިދިޔަ މަހު އައިސްފައިވަނީ 3،469 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް