އެމްޑަބްލިއުއެސްސީ އިން ހޯދާ ޚިދުމަތަށް ބިލް ދައްކާ ބައެއް ކަސްޓަމަރުންގެ އެކައުންޓް އަޕްޑޭޓްވުމުގައި ލަސްތަކެއް ދިމާވާކަން އެ ކުންފުނިން ފާހަގަކޮށްފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެކް އަދި ޑައިރެކްޓް ބޭންކް ޓްރާންސްފަރ އިން ބިލަށް ފައިސާ ދެއްކި ނަމަވެސް އެ މައްސަލަ ދިމާވަނީ އެގޮތަށް ބިލަށް ފައިސާ ދެއްކުމަށްފަހު އެމްޑަބްލިއުއެސްސީއިން އެދިފައިވާ ގޮތުގެ މަތިން ޑައިރެކްޓް ބޭންކް ޓްރާންސްފަރ ލިންކުގައިވާ ފޯމު ފުރިހަމަ ނުކުރާތީ ކަމަށެވެ.
އެހެންކަމުން ފައިސާ ދެއްކުމަށްފަހު އެ ލިންކުގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަށް މައުލޫމާތު ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. އަދި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި ޕޭމަންޓް ދެއްކުމަށްފަހު ރިސީޕްޓް ފޮނުވުމަށް އެކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް