ސްވިޓްޒަލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް މިމަހު ފަށަން ނިންމައިފިއެވެ.
މި ދަތުރުތައް ކުރާނީ ސްވިޓްޒަލެންޑުގެ ލެޝުއަރ އެއަރލައިނެއްކަމަށްވާ އެޑެލްވެއިސްއިން ނެވެ. އަދި ދަތުރުތައް ފެށުމަށް މިހާރު ނިންމާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު އެވެ.
ޒިއުރިކް އާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދު ބާއްވާ މި ދަތުރުތައް ހަފްތާއަކު ދެ ފްލައިޓު ބާއްވަން ވަނީ ނިންމާފަ އެވެ. އަދި އެއަރލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
އެއަރލައިންގެ ވެބްސައިޓު މެދުވެރިކޮށް، އަންނަ އަހަރުގެ ސެޕްޓެމްބަރުމަހާއި ހަމައަށް ރާއްޖެ އައުމަށް ބުކިންގ ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެ އެއަރލައިނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް