ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް މުސާރަ ލިބޭގޮތަށް ސަސްޕެންޑު ކުރަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ސޫޒަން ސަސްޕެންޑު ކުރީ އޭނާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށާއި، ސީއެސްސީގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި ހިންގި ޚާއްސަ އޮޑިޓު ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތަ ބަލައި ނިމެންދެން ކަމަށް ސީއެސްސީ އިން ބުނެއެވެ.
ސީއެސްސީން ބުނީ ސޫޒަން ސަސްޕެންޑު ކުރީ މިއަދު ފެށިގެން 30 ދުވަހުގެ މުއްދަތަށް މުސާރަ ލިބޭ ގޮތަށް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީގެ މަޤާމަށް ސޫޒަން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހު 27 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް