މާލެސިޓީގެ ސްކޫލުތައް ކުރިއަށް އޮތް 2 ހަފުތާވެސް ބަންދުކޮށްފި

މާލެސިޓީގެ ސްކޫލުތައް ކުރިއަށް އޮތް 2 ހަފުތާއަށްވެސް ބަންދުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ ...

17 Sep 2020 | 09:35

މާލެސިޓީގެ ސްކޫލުތައް ކުރިއަށް އޮތް 2 ހަފުތާއަށްވެސް ބަންދުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް 2 ހަފްތާގެ (20 ސެޕްޓެމްބަރ 2020 -1 އޮކްޓޯބަރ 2020) ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުން ދެ ހަފްތާ ފަހުން މުރާޖަޢާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

އެހެން ނަމަވެސް ސްކޫލުތައް އަލުން ބަންދުކުރީ މާލެ ސަރަހައްދުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުނަށް ލުއިތަކެއް ދިނުމާއެކު މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރުވަމުން ނެވެ. އެގޮތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް 100 އިން މަތީގެ ޢަދަދުތައް ޕޮޒިޓިވް ވަމުންދާ އިރު، ދޭތެރެ ދޭތެރެއިން 100 އިން ދަށުގެ ޢަދަދުތައްވެސް އަންނަނީ ފެންނަމުންނެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 9،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް