އެމްޓީސީސީ އިން ތިލަފުށީގައި ހިންގާ ބޯޓުޔާޑު އަނެއްކާވެސް ޢާންމުންނަށް ހުޅުވާލަނީ

އެމްޓީސީސީ އިން ތިލަފުށީގައި ހިންގާ ބޯޓުޔާޑު ޢާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީސީސީ އިން ބުނީ ބޯޓު ޔާރޑުގެ ޚިދުމަށް 20 ސެޕްޓެމްބަރ ގައި އަލުން އާންމު ކަސްޓަމަ...

17 Sep 2020 | 09:20

އެމްޓީސީސީ އިން ތިލަފުށީގައި ހިންގާ ބޯޓުޔާޑު ޢާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ބޯޓު ޔާރޑުގެ ޚިދުމަށް 20 ސެޕްޓެމްބަރ ގައި އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލެވޭނެ ކަމަށެވެ.

އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިމި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގައިގާ ތިލަފުށީގައި އެމްޓީސީސީން ހިންގާ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިންގ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއްބޯޓްޔާޑެވެ.

2017 ވަނަ އަހަރު ޚިދުމަތަށް ނެރުނު 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމުގެ ކެޕޭސިޓީއާއި ޖާގައިގެ ގޮތުން ވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ބޯޓްޔާޑަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް