ރައީސް މުހައްމަދު ނަޝީދު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރ ލިންޑްސީ ހޮއިލް އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި 2 ޤައުމުގެ ޤާނޫނު ހަދާ މަޖި...

17 Sep 2020 | 08:36

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރ ލިންޑްސީ ހޮއިލް އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި 2 ޤައުމުގެ ޤާނޫނު ހަދާ މަޖިލީހާއި ބެހޭ ގޮތުންނާއި 2 ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި 2 ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުންވެސް ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް