ވަންދޫ ބަނދަރުގެ ހެދުމުގެ މަސައްކަތް ނިންމައިފި

ރ. ވަންދޫ ބަނަދަރު ހެދުމުގެ މަޝްރޫއު ނިންމައިފި އެވެ. މި މަސައްކަތް ކުރި އެމްޓީސީސީން ބުނީ އެ ރަށު ފަޅުން 1،870 ސަރަހައްދެއް ފުންކޮށްފައިވާ ކަމަށެވެ. 750 އަކަފޫޓު ސަރަހައްދެއްގައި އެއްގަމު ތޮށިލާފައިވ...

17 Sep 2020 | 07:35

ރ. ވަންދޫ ބަނަދަރު ހެދުމުގެ މަޝްރޫއު ނިންމައިފި އެވެ.

މި މަސައްކަތް ކުރި އެމްޓީސީސީން ބުނީ އެ ރަށު ފަޅުން 1،870 ސަރަހައްދެއް ފުންކޮށްފައިވާ ކަމަށެވެ. 750 އަކަފޫޓު ސަރަހައްދެއްގައި އެއްގަމު ތޮށިލާފައިވެ އެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 5.99 މިލިއަން ރުފިޔާއަށެވެ.

މަސައްކަތް ހަވާލު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު 26 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން ހުރިހާ މަސައްކަތެއް ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ވަންދޫގެ އިތުރުން ރ. އަތޮޅުގެ ހަތަރު މަޝްރޫއެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. އަދި ރާއްޖޭގެ އެކި ހިސާބުގައި47 މަޝްރޫއުއެއް މިވަގުތު ހިންގަމުން އެބަދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް