މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ ހަނދާނުގައި ތައުބީރުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ ބާއްވަނީ ހުސައިން މުހައްމަދު އަވަހާރަވުމާއި ހަމައަށް ހުންނެވި ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީން ބުނީ މި ޖަލްސާ އޮންނާނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
މި ޖަލްސާ ބޭއްވުމަށް ހަަމަޖެހިފައިވަނީ މިރޭ 9:00 ގަައި އެވެ.
މި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި، ނައިބު ރައީސް ފައިސަލް ނަސީމް އަދި ހުސައިން މުހައްމަދުގެ އާއިލާގެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނަވާނެ އެވެ.
ހުސައިން މުހައްމަދު ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވީ 2005 ވަނަ އަަހަރު އަރިއަތޮޅު އުތުރު ބުރީގެ މެމްބަރު ކަމަށް ހޮވިވަޑައިގެންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް މަތިވެރީ ދާއިރާގެ މެމްބަރު ކަމުގެ ދެ ދައުރު ފުރުއްވި އެވެ.
ހުސައިން މުހައްމަދު އަވަހާރަވީ މިމަހުގެ ހަތަރު ވަނަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް