މާލޭ ސިޓީގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު ފަސް ޕަސެންޓަށް ދަށްވެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމާޒަކީ އަންނަ ނޮވެމްބަރު މަހު މާލެ، ހުޅުމާލެ އަދި ވިލިމާލޭ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުން ކަމަށެވެ. އެކަމަކު އެހާތަނަށް ހުއްދަ ދޫކުރާނީ ޖެހިޖެހިގެން ދެ ހަފްތާ ވަންދެން ޕޮސިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ފަސް ޕަސެންޓުގައި ހުރެއްޖެ ނަމަކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ އަދަދަށް ޕޮސިޓިވްވާ މީހުންގެ ޕަސެންޓޭޖު ތިރިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
https://twitter.com/Mausoom_Maus/status/1306325526592724992
މާލެ ސަރަހައްދުގައި މިހާރު ކޮންމެ ދުވަހަކު ކޮވިޑަށް ހާހެއްހާ ޓެސްޓު ހަދަ އެވެ. މިހާރު ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު އުޅެނީ 80 އިން މަތީގައި އެވެ.
މިނިސްޓަރު އެ ވިދާޅުވި ގޮތުންނަމަ ޓެސްޓު ކުރެވޭ އަދަދަށް ބަލާއިރު ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަދޭނީ ދުވާލަކު 50 މީހުންނަށްވުރެ މަދުން މާލެ ސަރަހައްދުން މީހުން ޕޮސިޓިވްވާތާ ދެ ހަފްތާ ވުމުންނެވެ.
ލޮކްޑައުނަށް ދިން ލުއިތަކާއި އެކު ޖުލައި މަހުން ފެށިގެން ކޯވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމަށް ފަހު މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން 9،000 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސްތިބި ޓޫރިސްޓުންވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް