ޕާކް ހަޔަޓް މޯލްޑިވްސް ރިސޯޓުން ދެ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ ބައްޔަށް ޕޮސިޓިވްވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ބަންގްލަދޭޝްގެ ދެ މުވައްޒަފުން ކަމަށެވެ. އެމީހުންނަކީ ސައްހަ ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ދެމީހުންނެވެ.
މިހާތަނަށް ރާޢްޖެއިން ބަންގްލަދޭޝްގެ 2،019 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިހާތަނަށް 10 ރިސޯޓަކުން މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަދު ޕޮސިޓީވްވި ދެ މީހުންނާއި އެކު 15 މުވައްޒަފުންނާއި ފަސް ޓޫރިސްޓުންނެވެ.
މިހާތަނަށް ރާއްޖެއިން 5،785 މީހަކު ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 3،349 މީހުން ވަނީ ބަލިން ރަނގަޅުވެފައިވެ އެވެ.
ބަލި ޖެހިގެން މަރުވެފައިވަނީ 23 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް