ކޯވިޑް-19ގައި ރާއްޖެއިން 23 ވަނަ މީހަކު ނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މިއަދު ހަވީރު 5:36 ހާއިރު އުމުރުން 64 އަހަރުގެ ދިވެހި އަންހެނަކު ކޯވިޑުގައި ނިޔާވެފައިވާކަމަށެވެ.
މި އަންހެން މީހާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ކަމަށާއި މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 23 ވަނަ މީހާ ކަމުގައިވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް