ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ގޭގައި މަޑުކުރުމަށް ރައީސް އޮފީހުން އަންގައިފި

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ގޭގައި މަޑުކުރުމަށް ރައީސް އޮފީހުން އަންގައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގޭގައި މަޑުކުރަން އންގި މީހުންގެ ތެރޭގައި އެމިނިސްޓްރީގެ ފައިނޭޝ...

17 Aug 2020 | 14:26

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ގޭގައި މަޑުކުރުމަށް ރައީސް އޮފީހުން އަންގައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގޭގައި މަޑުކުރަން އންގި މީހުންގެ ތެރޭގައި އެމިނިސްޓްރީގެ ފައިނޭޝަންޝަލް އެގްޒެކެޓިވްގެ އިތުރުން ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏާއެކު ސޮއިކުރި ފަރާތްވެސް ހިމެނެއެވެ.

ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެ މިނިސްޓްރީގެ އިސް ބައެއް ވެރިން ހިމެނެއެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު ހިމެނެއެވެ. ނިޝާމާ މުހައްމަދަކީ އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާޕާސަނެވެ. ޑރ. ޝާހަކީވެސް އެ ކޮމިޓީގެ މެމްބަރެކެވެ. މީގެ އިތުރުން ބިޑް ކޮމިޓީގައި ހިމެނެނީ ސިވިސް ސާވިސްގެ ފަސް މުވައްޒިފެކެވެ.

މީގެ އިތުރުން، 75 ވެންޓިލޭޓަރު ގެނައުމަށް ޑުބާއީގެ އެގްސެކިއުޓާރސް ޖެނެރަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ހިމެނެއެވެ. އަދި އެ މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ސަސްޕެންޑް ކޮށްފައިވާއިރު، އެ ރިޕޯޓާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ އެ ރިޕޯޓު ދިރާސާ ކުރެެއްވުމަށްފަހު ފިޔަވަަޅު އަޅުއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް