މިނިސްޓްރީގެ މަސައްކަތްތަކުން އަމީން އެކަހެރިވެ ވަޑައިގެންފި

ހެލްތު މިނިސްޓްރީގެ މަސައްކަތްތާއި މިނިސްޓަރުކަމުގެ މަސްއޫލިއްޔަތު ތަކުން ހެލްތު މިނިސްޓަރު އަމީން އަމިއްލައަށް އެކަހެރިވެވަޑައިގެންފިއެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރަ...

17 Aug 2020 | 14:19

ހެލްތު މިނިސްޓްރީގެ މަސައްކަތްތާއި މިނިސްޓަރުކަމުގެ މަސްއޫލިއްޔަތު ތަކުން ހެލްތު މިނިސްޓަރު އަމީން އަމިއްލައަށް އެކަހެރިވެވަޑައިގެންފިއެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވާ އަމީން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ވަކި ގޮތެއް ނިންމަވަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތު ކުރާކަމަށެވެ.

މިނިސްޓަރު އަމީން، އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުން އަމިއްލަފުޅަށް އެކަހެރިވެފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގައި ބޮޑެތި މަކަރާއި ހީލަތް ހަދާފައި ހުރިކަން، އޯޑިޓް އޮފީހުން ނެރުނު ރިޕޯޓުން ހާމަވެފައިވެއެވެ. ހާއްސަ ގޮތެއްގައި ދުބާއީގެ އެގްސެކިއުޓާރސް ޖެނެރަލާއި ހަވާލުކޮށްގެން ގެންނަން ނިންމައި، އެ ކުންފުންޏަށް އެޑްވާންސްކޮށް 90% ފައިސާ ދައްކާފައިވާ 75 ވެންޓިލޭޓަރުގެ ކަންކަން ހިނގާފައިވަނީ ގޯސްކޮށްކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު، ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިސް ވެރިންނާއި ސިޔާސީ ބައެއް ފަރާތްތައް އިއްޔެ ސަސްޕެންޑު ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް