ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައިފި އެވެ.
ބީއެމްއެލް ބޯޑުގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާފައިވާ ހަތަރު ބޭފުޅުންނަކީ މާލެ، މއ. ޓިއުލިޕްވިލާ، އަބްދުއްސައްތާރު އާއި ނ. ހޮޅުދޫ، ނެލުމް އިބްރާހީމް މުހައްމަދުގެ އިތުރުން ގ. މާލެ، އުފާ، އަހްމަދު މުހައްމަދު އާއި މާލެ، މ. ކުރިބީލޮޖް، މުހްތަބާ އަހްމަދު ހަމީދު އެވެ.
މި ބޭފުޅުންގެ ތެރެއިން އަހްމަދު މުޙައްމަދު އާއި މުހައްމަދު އަބްދުއްސައްތާރު އަދި އިބްރާހީމް މުހައްމަދު މިހާރު ވެސް ހުންނެވީ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމުގަ އެވެ.
ކުރިއަށް އޮތް އަހަރު ދުވަހަށް ހޮވާ ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހަޅުއްވާފައިވަނީ މިހާރު ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި ޓިމޮތީ ސޯޔާގެ އިތުރުން މާލެ، މ. ތާނގީދޮށުގެ، އައިޝަތު ނޫރައްދީން އާއި މާލެ، މއ. ކޮށީގެ ޖުވައިރިޔާ ސައީދުގެ އިތުރުން މާލެ، މއ. މަނަސް، ޘަނާ މަންސޫރު އެވެ. އަދި މާލެ، މ. ދާޝިން، އިބްރާހިމް ޒަކަރިއްޔާގެ އިތުރުން މާލެ، މ. މުއިރި، ހުސައިން ތައުފީގު އަލީ އެވެ. އަދި ރ. އަލިފުށި، ނަސީމާމަންޒިލް އަބްދުالله ހަސަން އެވެ.
ބީއެމްއެލް އަހަރީ އާއްމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. މި އަހަރުގެ އޭޖީއެމް ބާއްވަން ނިންމާފައިވަނީ ވާޗުއަލް ކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް