ބަދަލުގެ ގޮތުގައި އެލައިޑުން މިދިޔަ އަހަރު 145 މިލިއަން ރުފިޔާ ދޫކޮށްފި

ކްލައިންޓުންނަށް ބަދަލުގެ ގޮތުގައި އެލައިޑު އިންޝުއަރެންސުން މިދިޔަ އަހަރު ވަނީ 145 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެސްޓީއޯގެ އަހަރީ ރިޕޯޓުގައި ބުނީ، އެލައިޑް އިންޝުއަރެންސުން ވަނީ މިދިޔަ އަހަރު 125,0...

17 Aug 2020 | 08:17

ކްލައިންޓުންނަށް ބަދަލުގެ ގޮތުގައި އެލައިޑު އިންޝުއަރެންސުން މިދިޔަ އަހަރު ވަނީ 145 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

އެސްޓީއޯގެ އަހަރީ ރިޕޯޓުގައި ބުނީ، އެލައިޑް އިންޝުއަރެންސުން ވަނީ މިދިޔަ އަހަރު 125,000 އިންޝުއަރެންސް ޕޮލިސީ ދޫކޮށްފަ ކަމަށާއި، ހެލްތް ބެނިފިޝަރީގެ ގޮތުގައި 142,000 އިންޝުއަރެންސް އިޝޫކޮށްފައިވާ ކަމަށެވެ.

އެލައިޑް އިންޝުއަރެންސަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 210 މިލިއަން ރުފިޔާ ވަނީ ލިބިފައިވާ އިރު، އޭގެ ކުރީގެ އަހަރާއި އަޅާ ބަލާއިރު މިއީ ދަށްވުމެކެވެ. 2018 އަހަރު އިންޝުއަރެންސުން އާމްދަނީގެ ގޮތުގައި އެލައިޑަށް ވަނީ 245 މިލިއަން ރުފިޔާ ލިބިފަ އެވެ.

އެ ކުންފުނީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިންޝުއަރެންސުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ޗެލެންޖުތައް ކުރިމަތިވި އެވެ.

މިދިޔަ އަހަރު އެ ކުންފުނިން ވަނީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާ ގުޅިގެން ސަފާރީ ތަކަށް ހާއްސަކޮށް އިންޝުއަރެންސް ޕެކޭޖެއް ދިނުމުގެ އިތުރުން ހިދުމަތް ރަނގަޅު ކުރަން އެ ކުންފުނިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް