ހެލްތް މިނިސްޓަރު އަމީން މަގާމުން ވަކި ކުރަން ޖެހޭ: މެމްބަރުން

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ. ހެލްތް މިނިސްޓްރީން ކޯވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އ...

17 Aug 2020 | 07:09

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީން ކޯވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތުެގ ބަޖެޓުން ބޮޑު ހަރަދުކޮށް ބޭރުގެ ކުންފުންޏަކުން ވެންޓިލޭޓަރުތަކެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މި މައްސަލަ މުއައްސަސާތަކުން ތަހުގީގު ކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.

މި މައްސަލައިގަ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި އެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިނިސްޓަރު އަމީން ވަނީ މި މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިމ ައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީ މަޖިލީހުން ކަމަށެވެ.

އެގޮތުން އޮޑިޓަ ޖެނެރަލް ހެލްތް މިނިސްޓްރީ އާއި ގުޅޭ އޮޑިޓެއް ކުރެއްވީ މަޖިލީހުން އެދިގެން ކަމަށް އީވާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ދުރާލާ ކޮރަޕްޝަންގެ އަމަލު ހާމަވުމުން ހިތްހަމަ ޖެހިވަޑައިގެންނަވާ ކަމަށެވެ.

ގަޮލޫ ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރާ އާލާތްތަކުން ވައްކަން ކުރުމަކީ ބަޔަކު ކުރާނެ އެންމެ ހުތުރު އަދި ލާއިންސާނީ އަމަލު ކަމަށެވެ. މީކާއިލްގެ ވާހަކައިގަ ވަނީ އެކަމުގައި ތުހުމަތުވާ ފަރާތްތައް ވަގުތުން މަގާމުތަކުން ދުރު ކުރުމަށް ގޮވާލައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް