ޓޫރިޒަމާއި ހެލްތްގެ އޮޑިޓް ރިޕޯޓާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް...

17 Aug 2020 | 06:47

ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

އުޝާމް ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވަނީ ސަރުކާރުގެ މިނިސްޓްރީތަކުން ހަރަދު ކުރުމުގައި ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްފައިވާ ކަމަށެވެ. އުޝާމް ވިދާޅުވެފައިވާ ގޮތުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ކަން ހާމަވާކަމަށެވެ.

އަދި އެ ކަންކަން އޮޅުވައިލަން އެ މިނިސްޓްރީތަކުން ދޮގު މައުލޫމާތު ކުރިން ދީފައިވާ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިކަމުގެ ދައުލަތުގެ އިސްވެރިންގެ އިހުމާލު އޮތްކަން ހާމަވާ ކަމަށެވެ. އަދި މިހާރުން މިހާރަށް މިކަމާއި ގުޅިގެން މުއައްސަސާތަކުން ފިޔަވަޅުއަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

https://twitter.com/a_usham/status/1295225642087141376

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުތަކުގައި ވަނީ ދައުލަތުގެ މާލިއްޔާއިން ބޮޑެތި ހަރަދުތަކެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާކަން ހާމަކުރައްވާފައި އެވެ. މި މައްސަލަތައް މަޖިލީހުން ވަކި ވަކިން ބެލުމަށް ވަނީ ނިންމާފައި އެވެ.

މީގެ ތެރެއިން ހެލްތް މިނިސްޓްރީން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބަލަން އޮޑިޓެއް ކޮށްދިނުމަށް އެދުނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް