ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
އެ ކުންފުނިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ސައިޓަށް ބޭނުންވާ ސާމާނާއި އެ ސަރަހައްދު ތައްޔާޜު ކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢަށް ބޭނުަންވާ އީއައިއޭ ހުއްދަ މި މަހުގެ 13 ވަނަ ދުވަހު ލިބިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީ އިން ބުނީ، ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 644,000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ފަޅުފުންކޮށް ބިންހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 1200 މީޓަރު ސަރަޙައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖަހާނެ ކަމަށެވެ.
މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ27 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއަށް 85.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް